ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ގައުމު ހަލަބޮލި ކުރަން އެމްޑީޕީއަށް ފުރުސަތެއް ނުދެވޭނެ: ޝުޖާއު

ގައުމު ހަލަބޮލި ކުރަން އެމްޑީޕީއަށް ފުރުސަތެއް ނުދެވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އިދިކޮޅުގައި ތިބެގެން އިހުތިޖާޖު ކުރުމުން އެއީ ސުލްހަވެރި އިހުތިޖާޖަކަށް ނުވާ ކަމަށެވެ. އެހެންނަމަވެސް މިއަދު އެމްޑީޕީން އިހުތިޖާޖު ކުރަންވީމަ އެއީ ސުލްހަވެރި އިހުތިޖާޖަކަށްވާ ކަމަށެވެ.

”އަޅުގަނޑުމެން އިދިކޮޅުގަ ތިބެގެން ކުރީ ސުލްހަވެރި އިހްތިޖާޖެއް ނޫނޯ! އެމްޑީޕީއިން ކުރަނީ ސުލްހަވެރި އިހްތިޖާޖޯ! ޤައުމު ހަލަބޮލިކުރަން އެމްޑީޕީއަށް ފުރުސަތެއް ނުދެވޭނެ.“ ޝުޖާއު ވިދާޅުވިއެވެ.

މި ޕޯސްޓްގައި ޝުޖާއު އިތުރަށް ވިދާޅުވީ ސުލްހަވެރި އިހްތިޖާޖު ކުރަން ކާނިވަލަށްދާން ބުނެފައިވާނެ ކަމަށެވެ. އަދި އެހެންކަމުން އެބޭފުޅުންވެސް އިހުތިޖާޖު ކުރުމަށް ކާނިވަލަށް ދިޔުމަށް ޝުޖާޢު ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ވެސް ޝުޖާއު ވަނީ އެމްޑީޕީން ވެރިކަމުގައި އޮތްއިރު، އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ފޮޓޯ ހިއްސާކޮށް، އެބޭފުޅުން އޭރު ކަންކަން ކުރެއްވި ގޮތް ކިޔާދެއްވާފައެވެ.

ޝުޖާއު މި ވާހަކަތައް ދައްކަވާފައިވަނީ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ފްލެޓުގެ ލިސްޓުގެ ދާއިމީ ލިސްޓު އާއްމު ކުރުމާއި ގުޅިގެން އެމްޑީޕީއިން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ފްލެޓް ލިސްޓު އާއްމުކޮށްފައިވާއިރު، ސަރުކާރުން ވަނީ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ނަމަވެސް އެމްޑީޕީއިން ދަނީ މި ލިސްޓާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް