- Advertisement -spot_img

ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެކަމަށް ބުނެ ޓްރަމްޕު އިންޒާރުދީފި

އިރާނާއި އެމެރިކާއާއި ދެމެދު ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އެމެރިކާ އަސްކަރިއްޔާއިން ވަރަށް ރަނގަޅު ގޮތުގައި ބޭނުންކޮށްފައިވާކަމަށާއި ހަނގުރާމަ އަލުން ފަށައިފި ނަމަ އެމެރިކާގެ ހަމަލާތައް ކުރިޔަށް ވުރެ ވަރުގަދަ ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދީފިއެވެ.

ޓްރަމްޕު މިފަދައިން އިންޒާރު ދީފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައިއެވެ.

އެގޮތުން ޓްރަމްޕު ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގެ ބޭނުން އެމެރިކާ އަސްކަރިއްޔާއިން އިކުއިޕްމަންޓްތައް އަލުން ސްޓޮކް ކުރުމަށް ބޭނުންކޮށްފައިވާ ކަމަށާއި އެކަމަށް އަމުރުކޮށްފިނަމަ އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ފެށުމަށް އަސްކަރިއްޔާ އޮތީ އިހުނަށްވުރެ ތައްޔާރުވެގެން ކަމަށެވެ.

“އަހަރެމެންގެ އަތުގައި އެހާ ގިނަ އެމޯ އެބަހުރި، އެހާ ގިނަ ހުރިހާ ކަމެއް އެބަހުރި… އަހަރެމެން ވަގުތުގެ ބޭނުންކޮށްފައި މިވަނީ ރީސްޓޮކް ކުރަން އެކަމަކު އިރާނަށް ބޭނުންވާ ވަރަށް ތައްޔާރުނުވެވުނު.” ޓްރަމްޕު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް