- Advertisement -spot_img

ސައޫދީގެ އެންމެ ބޮޑު ލޯކޮސްޓް އެއާލައިން ރާއްޖެއަށް ދަތުރުތައް ފަށަނީ

ސައޫދީ އަރަބިއްޔާގެ އެންމެ ފުރަަތަމަ އަދި އެންމެ ބޮޑު ލޯކޮަސްޓް އެއާލައިން ފްލައިނަސްގެ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެއެވެ.

ފްލައިނަސްގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ވަނީ ޝެޑިއުލް ވެސް ނެރެފައެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް ލިބެމުންދާ ގެއްލުން ކުޑަކުރަން ކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ކެންސަލްވާ އެއާލައިންތަކުގެ އަދަދު ދަނީ މަދުވަމުންނެވެ.

މީގެ އިތުރުން ސައޫދީގެ ފްލައިނާސްގެ ދަތުރުތައް އަންނަ މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ފަށަން ނިންމާފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ފްލައިނަސްއަކީ ސައުދީ އަރަބިއްޔާގެ ފުރަތަމަ އަދި އެންމެ ބޮޑު ”ލޯ-ކޮސްޓް“ އެއާލައިނެވެ. މި އެއާލައިންގެ މައި މަރުކަޒަކީ ސައޫދީގެ ރިޔާދު އެވެ. އަދި މި އެއާލައިނުން ދާދިފަހުން ވަނީ ރިޔާޒް، ޖިއްދާ، ދައްމާމް، އަދި މަދީނާގެ އިތުރުން އަބްހާގައިވެސް އައު އޮޕަރޭޝަނަލް ބޭސްއެއް ފަށާފައެވެ.

ފްލައިނަސްގައި މި ވަގުތު 67 އަށްވުރެ ގިނަ ބޯޓު އޮތްއިރު މީގެ ތެރޭގައި ގިނައީ އައު އެއާބަސް ނިއޯ 320 ގެ ބޯޓުތަކެވެ.

ފްލައިނަސް ރާއްޖެ އަށް އެންމެ ފުރަތަމަ އައިސްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ، މި އެއާލައިނުން ރިޔާޒްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާފައެވެ.

ފްލައިނަސްއަކީ ބަޖެޓް އެއާލައިނަކަށް ވިޔަސް ”އިކޮނޮމީ“ އަދި ”ޕްރީމިއަމް“ (ބައެއް ފްލައިޓްތަކުގައި) ކްލާސްގެ ހިދުމަތް ލިބެން ހުރެ އެވެ. އަދި ފްލައިޓްގެ ޓިކެޓް ނަގާއިރު ނުވަތަ ފްލައިޓް ތެރެއިން ކާބޯތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުރެއެވެ.

ގުޅުންހުރި ލިޔުންތައް