މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގިނަ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ޕީއެންސީން ވަނީ، ފަސް ގޮނޑީގެ ތެރެއިން ތެރެއިން ތިން ގޮނޑި ކާމިޔާބުކޮށްފައެވެ.
ޕީއެންސީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި އަންހެނުން ކޮމިޓީގެ ތިން ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، ކެލާ، ނޭކުރެންދޫގެ އިތުރުން މާވަށުންނެވެ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއެވެ. އަދި ފުވައްމުލައް ދަޑިމަގު ދާއިރާއަށް ކައުންސިލް މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓެވެ.
މި އިންތިހާބުގައި 3،800 އަށްވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ.



