ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

ޔާމީނު ޖުޑިޝަރީގެ ވާހަކަ އާއި ކޯޓުތަކުގެ ވާހަކަ ދައްކާތީ ހަމަ އަޖައިބުވޭ: ފާލާހް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖުޑިޝަރީގެ ވާހަކަ އާއި ކޯޓުތަކުގެ ވާހަކަ ދައްކާތީ ހަމަ އަޖައިބުވާކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ވެސް އުޅެވުނު ކަމަށާއި، އޭރުގެ ވެރިޔަކީ ޔާމީން ކަމަށެވެ. އަދި އޭރުގެ ރައީސް ޔާމީން އާއި މެޑަމް ފާތިމަތު އިބްރާހިމްގެ އަތްފައި އޮންނަނީ މަޖިލީސް ފުލޯގައި ކަމަށް ފަލާހް ވިދާޅުވިއެވެ.

”އަޅުގަނޑު ހަމަ އަޖައިބުވޭ ޔާމީނު ޖުޑިޝަރީގެ ވާހަކަ އާއި ކޯޓުތަކުގެ ވާހަކަ ދައްކާތީ އަދި މާ އަޖައިބުވޭ ވައްކަމުގެ ވާހަކަ ދައްކާތީ. އެއަށް ވުރެ އަޖައިބުވޭ އަނިޔާވެރި ކަމުގެ ވާހަކަ ދައްކާތީ“ ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމުގެ ބައިތުލްމާލަށް ވަރަށް ބޮޑެތި ޚިޔާނާތްތަކެއް ވެފައިވާ ކަމަށާއި، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އަމިއްލަ އެކައުންޓުތަކަށް ޖަމާކުރެވިފައިވާ ކަމަށެވެ.

”15 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކާ ސުވާލުކޮށްލިޔަސް، މި ޤައުމަށް އެންމެ ބޮޑު ޚިޔާނާތެއް ވީ ކާކުތޯ އަހާލިޔަސް، އެންމެން ދޭނީ އެއް ޖަވާބެއް“ ފަލާހް އިތުރަށް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން 2 އަހަރު ވަންދެން މަގުމަތިކޮށް، މަޖިލީހަށް ވަދެވޭގޮތް ނުވެ، އަނިޔާ ލިބެމުންދިޔަ ކަމަށާއި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ މިނިވަންކަން ނަގާލާފައިވާ ކަމަށްވެސް ފަލާހް ފާހަގަކުރެއްވިއެވެ.

ފަލާހު މިހެން ވިދާޅުވީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިދިކޮޅުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް