ފިޝަރީޒް މިނިސްޓަރީގެ ދަށަށް އެގްރިކަލްޗާ ގެންގޮސް، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ކަމުގެ މަގާމަށް އަހްމަދު ޝިޔާމް އައްޔަންކުރައްވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީއާ އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި މިހާރު އެ މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސެސްއަށް ބަދަލުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ކެބިނެޓަށް ގެނައި ބަދަލުތަކާއެކު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ އަދަދު މަދުކޮށްފައެވެ. ކުރިން 22 މިނިސްޓްރީއެއް އޮތްނަމަވެސް މިހާރު އެ އަދަދު ވަނީ 15 އަށް މަދުކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝިޔާމަށް މިނިސްޓަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ވަނީ މި ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޖުމްލަ 10 މިނިސްޓަރަކު އިއްޔެ އިސްތިއުފާ ދެއްވިއިރު، އައު ކެބިނެޓުގެ ހުވާކުރުމުގެ ރަސްމިއްޔާތު ވެސް ރޭ ވަނީ ބާއްވާފައެވެ.
އާ ކެބިނެޓަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި، ސަރުކާރުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދާއި އިނގިރޭސި ސަފީރު އިރުތިޝާމް އާދަމް ހިމެނެއެވެ.
ފިނޭންސް އެންޑް ޕަލްބިކް އެންޓަޕްރައިޒަސް މިނިސްޓަރަކަށް މޫސާ ޒަމީރު
ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން
ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރަކަށް އިސްމާއީލް ޝަފީއު
ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
ޔޫތު އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްންސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
އާޓްސް. ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރަކަށް ހީނާ ވަލީދު
އިންފްރާސްޓްރަކްޗާ، ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު
ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް



