- Advertisement -spot_img

ހައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފި

މިއަހަރު ރާއްޖެއިން ހައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ވެކްސިން ޖެހުމަށް ހުޅުވާލާފައިވާއިރު އަދިވެސް ބައެއް ފަރާތްތަކުން ވެކްސިން ފުރިހަމަ ނުކުރާކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ މިވެކްސިންތައް ނުޖަހާނަމަ ސަޢުދީއަށް އެތެރެ ނުވެވޭނެ ކަމަށެވެ. އަދި މިހާތަނަށް 60 އަކަށް މީހުން ވެކްސިން ފުރިހަމަ ނުކުރާކަމަށެވެ.

އެހެންކަމުން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެކަން ފުރިހަމަ ކުރުމަށް ތަކުރާރުކުރިއެވެ.

ވެކްސިން ދުރާލާ ފުރިހަމަ ކުރުމަކީ މުހިއްމުކަމެކެވެ. ބައެއް ވެކްސިންތަކާއެކު ހުމާއި ރޯގާގެ އަސަރު ބައެއް ފަރާތްތަކަށް ކުރެއެވެ. އެހެންކަމުން އެފަދަ އުނދަގޫ ތަކުން ޙައްޖަށް ފުރުމުގެ ކުރިން ރަނގަޅުވެ ތައްޔާރުވުމަށްވެސް ވަގުތު ބޭނުންވާނެއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރުމަށް އަންނަ މަހުގެ 15 ވަނަ ދުވަހު ފުރުމަށް ވަނީ ނިންމާފައެވެ. 4 ފްލައިޓުގައި ޙައްޖަށް މީހުންދިޔުމަށް ހަމަޖެހިފައިވާއިރު އެޑްވާންސް ޓީމު މިއަންނަ މަހުގެ 4 ވަނަ ދުވަހު މައްކާއަށް ފުރާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް