- Advertisement -spot_img

މަސައްކަތް ކުރާނީ ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް: އިޙްސާން

މަސައްކަތް ކުރައްވާނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުންގެ ތެރޭގައި އެމަނިކުފާނުވެސް ހިމެނިވަޑައިގަތުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުގެ ޕޯސްޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ”ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ“ މިނިސްޓަރުކަމަށް، އެމަނިކުފާނު އައްޔަން ކުރެއްވުން ބަލައިގަންނަނީ ނުހަނު ފަޚުރުވެރިކަމާއި އުފަލާއެކުގައިކަން ފާހަގަކުރައްވާފައެވެ. މިނިސްޓްރީގެ ގާބިލު ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަ ކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ކަމަށް ވަޒީރުގެ ޕޯސްޓުގައި ވެއެވެ. އަދި އިތުބާރުކުރައްވައި ހަވާލުކުރެއްވި މަތިވެރި މަސްއޫލިއްޔަތުތަކަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް