ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

ރައީސްގެ އެދިލެއްވުމުގެ މަތިން ޕީއެންސީ އިން ސިސްސިލާ އިހުޔާ ފޯރަމްތަކެއް ކުރިޔަށް ގެންދަނީ

ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިލައްވައިގެން ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއިން ސިލްސިލާ އިހުޔާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މި ރޭ ބާއްވަން ނިންމައިފިއެވެ

ދިވެހިރާއްޖޭގައި އެންމެ ގިނަ މެމްބަރުން އެކުލެވޭ ސިޔާސީ ޕާޓީން ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް ކުރިޔަށް ދާނީ މިރޭ 21:30 ގައި ކަމަށެވެ. އެ ފޯރަމުގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ޕީއެންސީގެ ފަރާތުން ކުރިޔަށްގެންދާ އިހުޔާ ފޯރަމްގައި މިރޭ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންގްރެސް ހައުސް (ހ. ވެޔޮވިލާ / އާޓިފިޝަލް ބީޗް ކުރިމަތި) ގައެވެ. ޕީއެންސީން ވަނީ މިރޭގެ ފޯރަމްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައެވެ.

ޕީއެންސީން އިހްޔާ ފޯރަމް ކުރިއަށްގެންދާއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންވެސް ދަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސިލްސިލާކޮށް މާލޭގައި އަދި ފުރަތަމަ ފަހަރަށް އަތޮޅުތަކުގައިވެސް އިހްޔާ ފޯރަމްތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް