- Advertisement -spot_img

އެމްޑަބްލިއުއެސްސީގެ އެމްޑީކަމުން މަތީން އިސްތިއުފާދެއްވައިފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަތީން މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް، މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވި ސީދާ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

މަތީންގެ އިސްތިއުފާ އައިސްފައިވަނީ މި މަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށްފަހު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ. އިންތިޚާބަށްފަހު ފާއިތުވި ދުވަސްތަކުގައި ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މެނޭޖްމަންޓަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

މިއަދުގެ ވަގުތެއްގައި މަތީންގެ އިތުރުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު ފަރުހާތު ޝަހީރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ސަރުކާރުން ދަނީ އިންތިޚާބަށްފަހު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މެނޭޖްމަންޓް އޮނިގަނޑު އަލުން ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް