- Advertisement -spot_img

ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށައިފި

ތ. ގާދިއްފުށީގައި ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފެށިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

ރައީސް މިކަން އިޢުލާނުކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައިވާ ގޮތުން މި މަޝްރޫޢުގެ ދަށުން 11 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ހިއްކާ ވެލީގެ ޖުމްލަ ވޮލިއުމަކީ 396,000 ކޮޑި މީޓަރެވެ. މަޝްރޫޢު ނިންމުމަށް ލަފާކޮށްފައިވަނީ 10 ދުވަހެވެ.

މި މަޝްރޫޢުގައި ބޭނުންކުރަނީ ޖެން ޑި ނުލް ކުންފުނީގެ ޓީއެސްއެޗްޑީ ފިލިއްޕޯ ބުރެނެލެސްކީ ޑްރެޖަރެވެ. މި ޑްރެޖަރުގެ ކެޕޭސިޓީއަކީ 11,500 ކޮޑި މީޓަރެވެ.

ފިލިއްޕޯ ބުރެނެލެސްކީ ޑްރެޖަރުން ވަނީ ދާދި ފަހުން ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި އެ މަޝްރޫޢުގައި 25 ހެކްޓަރުގެ ބިން 23 ދުވަހުން ހިއްކާ ނިންމާފައިވެއެވެ. 142 މީޓަރު ދިގު މި ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑެތި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ.

ގުޅުންހުރި ލިޔުންތައް