- Advertisement -spot_img

ކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީއާ ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމަކީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ އަޙްމަދު މުޙައްމަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން ތައާރަފުވުމަށާއި ދެ މުއައްސަސާގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް