ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފައެވެ.
”އަޅުގަނޑުގެ ދުއާއަކީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒް ލެހެއްޓެވުން،“ ރައީސް ވިދާޅުވިއެވެ.
ރަމީޒް ވަނީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ހާއްސަކޮށް، ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް އޭނާ ކުރެއްވިއެވެ.



