ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އަޒުމާއިއެކު ރާއްޖެ އައިޓީބީ ބާލިން 2025 ފެއާގައި

ދުނިޔޭގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ މައުރަޒު ކަމުގައިވާ އައިޓީބީ ބާލިން 2025 ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މައުރަޒަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާއްޖެއަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި މައުރަޒު ކުރިޔަށްދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލް ކުރާ 200 މަންދޫބުންގެ ވަފުދަކާ އެކުއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން، ދުނިޔޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ބާއްވާ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން 2025 ގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެލައްވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް އެވެ.

އައިޓީބީ ބާލިން 2025 ފެއާގައި ރާއްޖޭގެ ފަރާތުން މަޢުލޫމާތު ދެއްވަނީ

މި މައުރަޒާއި ގުޅޭގޮތުން ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ، ”އައި.ޓީ.ބީ ބަރލިނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގެ އެހެން ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް“ ކަމަށެވެ.

ދިވެހިރާއްޖެއިން މި މައުރަޒުގައި ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ކުރިއެރުންތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދިނުމުގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވުމަށް އޮތް އަޒުމު ހާމަކޮށްފައިވެއެވެ.

މި މައުރަޒުގައި ދިވެހިރާއްޖެއިން އަލިއަޅުވާލާނީ ޤުދުރަތީ ރީތިކަމާއި، ސަގާފަތާއި، މެހެމާންދާރީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ތަޢާރަފުކުރެވޭނެއެވެ.

އައި.ޓީ.ބީ ބަރލިން 2025 ގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ވިޔަފާރީގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ރޮނގުން ކުރިއަށްދިއުމަށް އޮތް ފުރުސަތެއް ކަމުގައި ބެލެވެއެ.

ގުޅުންހުރި ލިޔުންތައް