ސައުތެމްޓަން އަތުން 2-1 އިން ބަލިވެ އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާފައިނަލުން އާސެނަލް ކަޓައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 35 ވަނަ މިނެޓްގައި ރޮސް ސްޓެވާޓް ވަނީ ސައުތެމްޓަނަށް ލީޑު ނަގައިދީފަ އެވެ. މިއީ އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އާސެނަލުން ނަތީޖާ އެއްވަރުކުރީ މެޗުގެ 68 ވަނަ މިނެޓްގައި ވިކްޓަ ޔޮކަރޭސް އެވެ. މިއީ ކައި ހަވެޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން ސައުތެމްޓަން މޮޅުވި ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ޝިއާ ޗާލްސް އެވެ. މިއީ އާސެނަލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މިއީ 2021 ވަނަ އަހަރަށް ފަހު އެފްއޭކަޕްގެ ސެމީއަށް ސައުތެމްޓަން ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އެފްއޭ ކަޕްގެ ކުއާޓާފައިނަލްގައި މެންޗެސްޓާ ސިޓީން ވަނީ އިއްޔެ 4-0 އިން ލިވަޕޫލް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި ޗެލްސީން ވަނީ 7-0 އިން ޕޯޓްވޭލް ބަލިކޮށްފައެވެ.
ކުއާޓާފައިނަލްގެ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑެވެ.



