އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފި

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވަމުން ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފިއެވެ.

ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ޖުމްލަ 24 އޮފީހަކުން 94 ބައިވެރިން ބައިވެރިއެވެ.

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން މިއަހަރު ކުރިއަށްދާ މި މުބާރާތުގެ ކިޔެވުން ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއއެވެ.

މި މުބާރާތަކީ ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް