- Advertisement -spot_img

މަރަކީ އިންސާނާ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާންޖެހޭ އެންމެ ބޮޑު ހަގީގަތް: ޚުތުބާ

މަރަކީ އިންސނާ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާންޖެހޭ އެންމެ ބޮޑު ހަގީގަތް ކަމަށް މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި ބުނީ، މަރަކީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން އިންސާނާ ހޭލައްވައިލާ ކަމެއް ކަމަށެވެ. މަރާ ދޭތެރޭ ވިސްނައި މަރުގެ މަތިން ހަނދާން ކުރަން ނަބިއްޔާ އިރުޝާދު ދެއްވާފައި ވާކަމަށް ޚުތުބާގައި ވެއެވެ.

”މަރުން ރެކިގަނެވޭނެ ހަމަ އެކަކު ވެސް ނުވޭ. އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއަކު ކަމުގައި ވިޔަސް އޭނާގެ ގާތަށް މަރު އަންނާނެ،“ ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ މަރާ ކުރިމަތިލާން ޖެހޭނެކަން ދަނެ އެކަމަށް ތައްޔާރު ވުމަށް އިރުޝާދު ދެއްވާފައެވެ. އަދި ގިނަގިނައިން މަރު ހަނދުމަ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔެ ދޫކޮށް ދާނެޖހޭ ވަގުތަކީ ކޮންމެ އިންސާނަކަށް ވެސް އެންމެ ތުރާލާއި ވޭން ކިބޭ ވަގުތު ކަމަށެވެ. އެވަގުތު ތިބާ ލޯބިވާ ދަރީން ތިބާއަށް މާޔޫސްކަމާއެކު ބަލަމުން ދާނެކަމަށް ޚުތުބާގައި ބުންޏެވެ. އެއީ ލޯބިވާ އަނބިމީހަ ނުވަތަ ފިރިމީހާ ހިތާމަކުރަމުން ދާ ވަގުތެވެ. މައިމންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުން ދާވަގުތެވެ. އެވަގުތު ތިމާގެ މީހުން ތިބާއަށް އަވަސް ޝިފާއެއް ދެއްވާތޯ ދުއާ ކުރާނެކަމަށް ޚުތުބާގައި ބުންޏެވެ.

މަރުވެ ދާންޖެހޭނީ ތިމާ ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި ގެދޮރާއި ބިނާކޮށްފައިވާ ވިޔަފާރި ދޫކޮށްފައިކަން ޚުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް