- Advertisement -spot_img

މުލީ ސްކޫލްގައި 10 ކްލާސްރޫމް ޢިމާރަތްކުރުމަށް އެމްޓީސީސީއަށް

މުލީގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މުލަކަތޮޅު މުލީގައި ހުންނަ މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އިތުރު ޢިމާރާތެއް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، 3 ފަންގިފިލާގެ ޢިމާރާތެއް ބިނާކުރުމަށްވަނީ ހަމަޖެހިފައެވެ.

މި އިމާރާތުގައި 10 ކްލާސްރޫމާއި، ލައިބްރަރީއަކާއި އޭވީ ރޫމަކާއި، ހެލްތު ރޫމެއްވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ. ދައުލަތުގެ ބަޖެޓުން 18.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މި ޢިމާރާތް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށްވަނީ ކަނޑައަޅާފައެވެ.

އާބާދީގައި 1020 މީހުންގެ ދިރިއުޅޭ މުލީ ސްކޫލްގައި 240 ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލްކުރަމުންނެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ޙައްލުކޮށްދެއްވަމުންނެވެ. މިގޮތުން ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީވެސް ތަޢުލީމީ ދާއިރާއެވެ.

ގުޅުންހުރި ލިޔުންތައް