އދ. ދިއްދުގައި ސަރުކާރުން ތަރައްގީ ކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީން ވަނީ މި ކަން ހާމަކޮށް އެކްސްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ކުރެވިފައިވަނީ ކޮންކްރީޓް މަސައްކަތާއި، ގްރައުންޑް މަސައްކަތުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ އަގަކީ 1.74 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނިންމުމަށެވެ.
އެމްޓީސީސީން މި މަސައްކަތް ނިއްމާލާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.



