- Advertisement -spot_img

މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ށ. މިލަންދޫގައި ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިލަންދޫގައި ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޘިމް އިބްރާހިމެއެވެ.

އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދިއުން މަދުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރަސްމިއްޔާތަށްފަހު މިނިސްޓަރ އޮފް ހެލްތު ނާޒިމް ވަނީ ށ.މިލަންދޫ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާފައި އެވެ.

މިބައްދަލުވުމުގައި ޞިއްޙީ މަރުކަޒުގެ ހާލަތު އޮޅުންފިލުވާ، ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް