ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

މާލެ ސިޓީ ކައުންސިލުން ފެން ހިންދަން ޕަމްޕު ގެންނަން ނިންމީ ރައީސް މުޢިއްޒު އެދިލައްވައިގެން: ނަރީޝް

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޓްރޭޝް ޕަމްޕު ގެންނަން ސިޓީ ކައުންސިލުން ނިންމީ، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަތުމުން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޚަރަދުގައި ގެނައި ދެ ފެން ޕަމްޕު ބޭނުންކުރަންފަށާފައިވަނީ މިހަފްތާގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެންނެވެ. މި ދެ ޕަމްޕަކީ ސިޓީ ކައުންސިލުން ބޭނުންވެގެން، ސަރުކާރުން ފައިސާ ދައްކާ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) މެދުވެރިކޮށް ގެނެސްފައިވާ ޕަމްޕުތަކެކެވެ. އެގޮތުން މި ޕަމްޕުތައް މިހާރު ބޭނުންކުރަނީ ޑިފެންސް މިނިސްޓްރީ ގެ ބެލުމުގެ ދަށުންނެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ފަރާތުން އާރްޑީސީ މެދުވެރިކޮށް ފެން ހިންދަން ޓްރޭޝް ޕަމްޕު ގެންނަން ކައުންސިލުން ފާސްކުރީ އެގޮތަށް ރައީސް މުޢިއްޒު އެދިވަޑައިގަތުމުންނާއި އެއީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވަން އެމަނިކުފާނު އިސްކަން ދެއްވާލެއް ބޮޑުކަމުން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަކީ ރައީސް ޑރ. މުއިއްޒުގެ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

މި ޕަންޕުތަކުން މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރު ކުރާނެކަމަށް ސިޓީކައުންސިލުން މައުލޫމާތު ދެއެވެ. މީގެ ކުރިން މާލޭގައި ފެން ހިންދުމަށް ބޭނުންކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރެވޭ ޕަމްޕުތަކެވެ.

ގުޅުންހުރި ލިޔުންތައް