- Advertisement -spot_img

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި

‏އދ. ކުނބުރުދޫ އަދި އދ. މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ހައުސިން މިނިސްޓްރީ އާއި އާރްޑީސީއާ އެކު ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރުއެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ކުނބުރުދޫގައި 25 ހައުސިންގ ޔުނިޓް އަދި މަހިބަދޫގައި 100 ހައުސިންގ ޔުނިޓް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި މި ދެ މަޝްރޫއުގެ ދަށުންވެސް ތަރައްގީކުރާނީ ތިން ކޮޓަރީގެ ޔުނިޓުތައް ކަމަށެވެ.

ސަރުކާރުން ކުނބުރުދޫ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އަދި މަހިބަދޫ ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ގުޅުންހުރި ލިޔުންތައް