ބެލާރުސްގެ ގައުމީ އެއާލައިން، ބެލާވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އޮގަސްޓް މަހުން ފެށިގެންނެވެ. ބެލާވިއާ އެއާލައިންގެ ބުނީ ރާއްޖެ އަކީ ދިގު ދަތުރުތަކަށް އުންމީދީ މަންޒިލެއް ކަމަށާއި އެ ދަތުރުތައް ކުރާނީ ޓްރަޔަލް ފޭސްއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން 6-8 އަކާ ދެމެދުގެ އަދަދަކަށް ޓްރަޔަލް ފްލައިޓް ބޭއްވުމަށް ނިންމާފައިވެ އެވެ. މި ދަތުރުތަކަށް އޮންނަ ޑިމާންޑާއި އޮޕަރޭޝަނަލް ކަންކަން ބެލުމަށްފަހު ދާއިމީ ދަތުރުތަކާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނީ ބެލާވިއާއިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމަކީ މެދުއިރުމަތީގައު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެއާލައިންތަކުން އައު މާކެޓްތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.
ސްވިޒަލޭންޑްގެ އެޑަލްވައިސް އެއާއިން ވެސް ވަނީ އަންނަ މަހު ރާއްޖެއަށް 20 ދަތުރެއް ކުރުމަށް ނިންމައިފަ އެވެ.



