- Advertisement -spot_img

އިރާނުން ސައުދީގެ އެއާބޭސްއަކަށް ދިން ހަމަލާއެއްގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ގޮއްވާލައިފި

ސައުދީ އަރަބިއްޔާގެ އެއާބޭސްއަކަށް އިރާނުން މިއަދު ދިން ހަމަލާއެއްގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ސުންނާފަތިކޮށްލައި އެމެރިކާގެ ގިނަ ސިފައިންތަކެއް ޒަހަމްކޮށްލައިފިއެވެ.

އެމެރިކާގެ އިސް އޮފިޝަލުންތަކަކާއި ހަވާލާދީ އެންބީސީ ނޫހުން ރިޕޯޓުކުރަމުންދާގޮތުގައި ސައުދީގައި ހުންނަ ޕްރިންސް ސުލްތާން އެއާބޭސްއަށް އިރާނުން ދިން ކާމިޔާބު މިސައިލް ހަމަލާއެއްގައި އެ އެއާބޭސްގައި އޮތް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ސުންނާފަތިވެ އެމެރިކާގެ ސިފައިންތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައިއެވެ. އެގޮތުން އިތުރު މަތިންދާބޯޓުތަކަށްވެސް ގެއްލުންވި ކަމަށާއި ނަމަވެސް ލިބުނު ގެއްލުންތަކުގެ ސީދާ ތަފްސީލެއް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ އެންބީސީން ރިޕޯޓުކޮށްފައި ވެއެވެ.

އެމެރިކާގެ ސީބީއެސް ނޫހުން ރިޕޯޓުކުރާ ގޮތުގައ މި ހަމަލާގައި އެމެރިކާގެ 10 ސިފައިން ޒަހަމްވި އިރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައިއެވެ. މި ހަމަލާދީފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާއާއި ގުޅިގެން އެމެރިކާ އަސްކަރިއްޔާއިން ރަސްމީކޮށް އަދި މިހާތަނަށް ބަހެއް ބުނެފައި ނުވެއެވެ.

އިރާނުން މި ހަމަލާދިން ޕްރިންސް ސުލްތާން އެއާބޭސްއަކީ އެމެރިކާއިން މެދުއިރުމަތީގައި ބޭނުންކުރާ މައި އެއް ބޭސްއެވެ. ސައުދީގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ނަމަވެސް މި ބޭސް ފާހަގަވެގެން ގޮސްފައިވަނީ މެުދުއިރުމަތީގައި އެމެރިކާގެ ކޮމާންޑު ސެންޓަރުގެ އެންމެ ގިނަ މަސައްކަތްތައް ކުރާ ބޭސްގެ ގޮތުގައިއެވެ.

ސައުދީގެ އަލް ޚަރްޖުގައި ހުންނަ މި ބޭސްއަށް ހަމަލާތަކެއް އަމާޒުވި ކަމަށް މިރޭ އިރާކޮޅު ބޭރުގެ ގިނަ މީޑިއާތަކަކުން ވަނީ ރިޕޯޓުކޮށްފައިއެވެ. އެގޮތުން އިރާނުން ހުއްޓުމެއްނެތި ދެތިން ގަޑިއިރަށް ދިން ހަމަލާތަކާއިއެކު އަލް ޚަރްޖުގައި ދިރިއުޅޭ ރައްޔިތުންނަށް ހިމާޔާތް ހޯދުމަށް ނެރުނު އެޑްވައިޒަރީ އުވާލީ މީގެ އިރުކޮޅެއް ކުރީންނެވެ.

ގުޅުންހުރި ލިޔުންތައް