- Advertisement -spot_img

މުރައިދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި 250 ކިލޯވޮޓުގެ އައު ޖެންސެޓެއް ފޮނުވައިފި

ހއ. މުރައިދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ގެނައި 250 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް އެރަށުގެ ފެނަކައިން ފެށުމާއެކު ހިތްހަމަ ޖެހުމުގެ ޝުއޫރުތައް އެރަށު ރައްޔިތުން ސޯޝިއަލް މީޑިޔާއަށް ދޫކޮށްލައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއް ގައި ބުނެފައިވަނީ މުރައިދޫގެ ކަރަންޓް ހިދުމަތް ރަނގަޅުކުރުމަށް އެރަށަށް ގެނައި 250 ކިލޯވޯޓުގެ އައު ޖެންސެޓް އިންސްޓޯލް ކުރަން އެރަށު ފެނަކައިން ފަށާފައިވާ ކަމަށެވެ.

އަދި މި މަސައްކަތް ކުރުމުގައި އެރަށު ފެނަކައިގެ މުވައްޒަފުން ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ފެނަކައިގެ ޕޯސްޓްގައި ވަނީ ބުނެފައެވެ. އަދި ޖެންސެޓް އިންސްޓޯލް ކުރުމަށް ދެތިން ދުވަސް ނަގާނެ ކަމުގައި ބެލެވޭ ކަމުގައިވެސް ފެނަކައިގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ފެނަކަ ކޯޕަރޭޝަނުން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް