ހއ. ތަކަންދޫ އަށް 250 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއް ގައި ބުނެފައިވަނީ ތަކަންދުއަށް ފޮނުވި 250 ކިލޯވޯޓުގެ އައު ޖެންސެޓް އެ ރަށަށް ގެންގޮސްފައި ވާކަމުގައެވެ. އަދި މި ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް އެރަށުގެ ފެނަކައިގެ މުވައްޒަފުން ކުރަން ފަށާފައިވާ ކަމުގައިވެސް ފެނަކައިގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
މިއާއެކު ތަކަންދޫގެ ކަރަންޓްގެ ހިދުމަތް އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމުގައިވެސް ފެނަކައިގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
ފެނަކަ ކޯޕަރޭޝަނުން ފެނާއި ނަރުދަމާގެ ހިދުމަތް ދަނީ މުޅި ރާއްޖޭގެ ރަށްތަކުގައި ފޯރުކޮށް ދެމުންކަން ފާހަގަކޮށްލެވެއެވެ.



