ކާނާ ވިހަވެގެން ދާންދޫން އަންހެނަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އެރަށު ވިނަމަތި، އުމުރުން 41 އަހަރުގެ އައިޝަތު އިބްރާހިމް އެވެ. ނަމަވެސް އެލާޖިކްވީ ސީދާ ކޯއްޗަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ކާނާ ވިހަވުމުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް އިރުކޮޅެއްގެ ތެރޭ ވަނީ ނިޔާވެފައެވެ.
އެ އަންހެން މީހާއަކީ ދާންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.



