- Advertisement -spot_img

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ގެއްލުންތައް ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ މަސައްކަތްކުރަމުން: ތަރުޖަމާނު

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްދަނީ ކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު، މިހާރުވެސް މެޓް އޮފީހުން ވަނީ ބައެއް ސަރަޙައްދުތަކަށް އެލާޓްތައް ނެރެފައެވެ.

އެގޮތުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ މިރޭ 12 ޖެހުމާހަމައަށް ވަނީ އޮރެންޖް އިންޒާރު މެޓް އޮފީހުން ވަނީ ނެރެފައެވެ. އަދި ދަންވަރު 1:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލުވެސް ނެރެފައިވެއެވެ. އަދި ދަންވަރު 2:00 ޖެހުމާއި ހަމައަށް ނ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހުރިހާ އިދާރާތައް ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްދަނީ ކުރަމުންކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުންކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް