- Advertisement -spot_img

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ހުޅުވާލައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓްގެ ލިސްޓުން ޝަރުތުހަމަވާކަމަށް ނިންމާފައިވަނީ 1820 ފަރާތެކެވެ. އަދި ބާކީ މީހުންނަށް ފްލެޓް ނުލިބިވަނީ ކުރީ ސަރުކާރުން ފްލެޓް ލިސްޓް އާންމު ކުރިއިރު އެލިސްޓްގައި މައްސަލަތަކެއް ހުރުމުގެ ސަބަބުންނެވެ.

އެހެންކަމުން މިލިސްޓާއި ގުޅޭގޮތުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށްކަމަށް އެވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އެ ވުޒާރާއިން ބުނެފައިވަނީ ޝަކުވާއެއް ވާނަމަ gedhoruveriya@infrastructure.gov.mv އީމެއިލް އަށް ނުވަތަ އެ ވުޒާރާއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ވުޒާރާގެ 4004911 އަދި 4004910 އަށް ގުޅުވައި މަޢުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެއެވެ.

4000 ފްލެޓްގެ ތެރެއިން ފްލެޓް ލިބޭ 1820 މީހެއްގެ ލިސްޓް ހާމަކޮށްފައިވާއިރު އެ ލިސްޓްގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓް ލިބޭ 1423 ފަރާތަކާއި ދެ ކޮޓަރީގެ ފްލެޓް ލިބޭ 397 ފަރާތެއްގެ މަޢުލޫމާތެވެ.

ގުޅުންހުރި ލިޔުންތައް