- Advertisement -spot_img

މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ދެ ކަމެއް ދިރާސާކުރަމުން އަންނަ ކަމަށެވެ. އެއްކަމަކީ މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންކަމުގައި ކަނޑައެޅުން ކަމަށެވެ. އަދި ދެވަނަ ކަމަކީ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މިހާރު ނޯންނާނެ ވަކި އިންސައްތައެއް ޒުވާނުންނަށް ހަދާކަށް. މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް ޒުވާނުންގެ ގޮތުގައި ކަނޑައެޅުމަށް.“ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމަށް ބަދަލު ގެންނަން ބޭނުންވާކަމަށް އެމަނިކުފާނު މީގެ ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ. މިހާރު އޮންނަ ގޮތުން ކޮންމެ 5000 ރައްޔިތަކަށް އިތުރު މެންބަރުން އަންނާނެ ކަމަށެވެ.

”ފުރަތަމަ ފެށުނު އިރުގައި 70 ވަރަކަށް މެންބަރުން ތިބީ. އިތުރުވަމުން ވެސް ގޮސް މިހާރު 93 މެންބަރުން އެބަތިބި. ރާއްޖޭގެ އާބާދީ ބޮޑުވާވަރަކލަށް އެ އަރައިފާނެ 100 އަށް ވެސް. އެއީ ރަނގަޅު ގޮތެއް ނޫން. އެހެންވީމަ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުމަށް އިސްލާހެއް ގެންނަންޖެހޭ. މިކަން ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހެ ގެނެސްގެން. މިކަން ކުރުމުގައި އިންތިހާބު އެއް ދުވަހުގައި ބޭއްވުމަށް ރައްޔިތުން ނިންމަވާ ގޮތެއްގެ މައްޗަށް ބިނާކޮށް އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ.“ ރައީސް ވިދާޅުވިވއެވެ.

ގުޅުންހުރި ލިޔުންތައް