ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލެ އަތޮޅު ރިސޯޓެއްގެ ޕޫލަކަށް 2 އަހަރުގެ ކުޑަ ކުއްޖަކު ގެނބިގެން ނިޔާވި މައްސަލައެއް މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:54 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާދިސާގައި ނިޔާވެފައިވަނީ ހއ އުލިގަމަށް އުފަން ވައިކަރަދޫގެ އުމުރުން 2 އަހަރުގެ އަބްދުالله ޒިޔަން އަހްމަދު އެވެ.
ފުލުހުން ބުނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ 2 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންނެވެ.



