އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 މާރިޗު 20 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެހެންނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ވަނީ ޅ. އޮޅުވެލިފުށީގައި ތަރާވީސް ނަމާދުކުރަން ޕާކިސްތާނުން ގެނެސްފައިވާ ޝެއިޚަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށްފައެވެ. ފުލުހުން ޖަވާބު ދެއްވާފައިވަނީ މި ތުހުމަތުތަކަކީ ތެދެއްތޯ ކުރި ސުވާލަށެވެ.
”ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 މާރިޗު 20 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައި، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވޭ“ ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އެއްވެސް މަޢުލޫމާތެއް އަދި ފުލުހުން ހިއްސާކުރައްވާފައި ނުވެއެވެ.



