- Advertisement -spot_img

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މިރޭ

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މިރޭ އޮންނާނެއެވެ.

ހަނދު ސާބިތުކުރުން އޮންނާނީ މިރޭ 8:30ގައި އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރަމަޟާން މަހުގެ 29ވަނަ ދުވަސް ކަމަށްވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ޑީޖޭއޭއިން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަސް ވާނީ، މި މަހުގެ 20 ވާ ހުކުރު ދުވަހެވެ.

ގުޅުންހުރި ލިޔުންތައް