- Advertisement -spot_img

ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގުދަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.

އެމްއެންޑީއެފުން ބުނީ ގަލޮޅު މޯޗަރީ ކައިރީ ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އަދި އެ ގުދަނުގައި އަލިފާންރޯވިއިރު، އެއްވެސް މީހަކު ނެތެވެ.

އެއީ ދެ ފަންގިފިލާއަށް ހުންނަ ތަނެކެވެ.

ގުޅުންހުރި ލިޔުންތައް