ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރިއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވެހިކަން ސަރުކާރުން ފޯރުކޮށްދީފިއެވެ.
އަލިފާން ރޯވީ ހުޅުމާލެ ލޮޓް 11395 ގައެވެ. އެގޭގެ އެއް ކޮޓަރި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި، ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކުރިއެވެ.
މިކަމާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައެވެ.
އެންޑީއެމްއޭ އިން ބުނީ އެ އެންމެން މިހާރު ތިބީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.



