- Advertisement -spot_img

ސްޕެނިޝް ލަލީގާ: ރަފިނިއާގެ ހެޓްރިކާއެކު ސެވިއްޔާ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 5-2 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

ބާސެލޯނާގެ ކޭމް ނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބާސެލޯނާ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސެވިއްޔާ އިން ވެސް އިތުރު އެއްލަނޑު ކާމިޔާބުކުރިއެވެ.

އެގޮތުން މިމެޗުގައި ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިއާ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ޑެނީ އޮލްމޯ އަދި ޖޮއާއު ކޮންސެލޯ މއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި ސެވިއްޔާގެ ޖިބްރިލް ސޯ އަދި އޯސޯ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ރަފީނިއާ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން ބާސެލޯނާއަށް 70 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތޯ ތާވަލުގެ އެއްވަނައިގައެވެ. އަދި މެޗުން ބަލިވި ސެވިއްޔާ އިން ލީގުގައި ކުޅުނު 28 މެޗުން ހޯދި 31 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް