- Advertisement -spot_img

މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފި

ކ. މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.

މާފުށީގެ ޞިއްޙީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާޙު ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޤާސިމެވެ.

ހެލްތު މިނިސްޓްރީން ބުނީ މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށެވެ. އަދި މާފުއްޓަކީ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރާ ރަށަކަށް ވުމާއެކު، މި ހިދުމަތް ތައާރަފް ކުރުމުގެ ފަސޭހަކަމާއެކު އެ ރަށުން ލިބިގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މާފުށީ ސިއްހީ މަރުކަޒު ސިއްހީ މަރުކަޒަކަށް ބަދަލު ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް އޭރުގެ ސަރުކާރުން ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރީ ހޮސްޕިޓަލަކުން ލިބެން ޖެހޭ ގިނަ ހިދުމަތްތައް ގާއިމް ނުކޮށެވެ.

ގުޅުންހުރި ލިޔުންތައް