spot_img

ލޯކަލް މާރުކޭޓް ހުރި ބިމުގައި މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި

މާލޭގެ ލޯކަލް މާރުކޭޓް ހުރި ބިމުގައި މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫއު ހަވާލުކުރީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ  އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ކޮންޓްރެކްޓް އަގަކީ 126,359,594.94 ރުފިޔާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ޕާކިން ޖާގަތައް ހެދުމާއި ގްރައުންޑް ފްލޯގައި މަސް މާރުކޭޓެއް ހެދުމާއި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯގައި ވެޖިޓަބަލް މާކެޓެއް ހެދުމާއި  4 ވަނަ ފްލޯގައި ފުޑް ކޯޓު ހެދުން ހިމެނެއެވެ.

spot_img

ގުޅުންހުރި ލިޔުންތައް