- Advertisement -spot_img

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރެވޭ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމުން އެއީ އިލެކްޓްރިކް ކާރެއްކަން ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ.

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޔާދަ ކުރަނިވި ހަކަތައް ދޭ އަހަމިއްޔަތުކަމުގެ ސިޔާސަތުގެ ދަށުން، ނިންމި ނިންމުމެއްކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ގަވާއިދު އިސްލާހު ކުރުމަށްފަހުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް