ބޭންކް އޮފް މޯލްޑިވްސް އިން އިފްތިތާޙު ކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް ”ސްވައިޕް“ އައްޑޫ ސިޓީ އަށް ތަޢާރަފްކޮށްފިއެވެ.
އައްޑޫސިޓީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ތައާރަފް ކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާނެވެ.
މި ހިދުމަތް އައްޑޫސިޓީގައި ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައު ޒަމާނަކަށް ރާއްކެ ވާސިލްކޮށްދިނުމަށް ރައީސްގެ ހާއްސަ އިސްނެގުމެއްގ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެވޭނެ އެކި ޕްރޮގްރާމްތަކުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.
ނިމިދިޔަ ޖަނަވަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް މި ވޮލެޓުގެ މައިގަނޑު ފީޗާތައް ތަޖުރިބާ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން ޕަރސަން-ޓުޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތުވަނީ ކަސްޓަމަރުންނަށް ހުޅުވައިލާފައެވެ.
މި އެއްބަސްވުމަކީ މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރެވުނު ސްޓްރެޓިޖިކް ޕާޓްނަރޝިޕްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި ޕާޓްނަރޝިޕްގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް އަވަހަށް ފޯރުކޮށްދިނުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަގުބޫލުކަން އިތުރުކުރުމެވެ.



