ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިއެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 4 ވަނަ ދުވަހުއެވެ.
އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓް އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.
މި އިންތިހާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.



