- Advertisement -spot_img

އުމްރާ ދަތުރެއް ލިބޭ ”އަލައިކާ އެނގޭތަ؟“ ކުއިޒް ފަށައިފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ކުއިޒް، ”އަލައިކާ އެނގޭތަ؟“ ފަށައިފި އެވެ.

މި ކުއިޒަކީ މާލެ ސިޓީގައި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މީހުންނަށް އަލައިކާ ތައާރަފްކޮށްދީ، މާލެ ސިޓީއަށް އަލައިކާ ދެކެން ބޭނުންވާ ތަސައްވަރު ވީހާވެސް ގިނަ އާއިލާތަކަށް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކުއިޒް ކުރިއަށްދާނީ މި މަހުގެ 29އާ ހަމައަށެވެ.

މި ކުއިޒްގައި ކޮންމެ ދުވަހަކު އަލައިކާއާ ގުޅޭ ސުވާލެއް ގެނެސްދޭނެ އެވެ. އަދި އެ ސުވާލުގެ ޖަވާބު ކޮންމެ ދުވަހެއްގެ ރޭގަނޑު 12:00 އާ ހަމައަށް www.alaika.mv ވެބްސައިޓަށް ފޮނުވޭނެ އެވެ. ކޮންމެ ދުވަހެއްގެ ސުވާލަށް ރަނގަޅު ޖަވާބު ފޮނުވާ މީހުންގެ މެދުގައި އާއްމުކޮން ހުޅުވާލައިގެން ގުރުއަތު ނަގައި، އެ ދުވަހުގެ އިނާމު ލިބޭ މީހެއް، ޖެހިގެން އަންނަ ދުވަހު ވެބްސައިޓުގައި އިޢުލާން ކުރާނެއެވެ.

ކުއިޒްގެ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވައިފައިވާ ހުރިހާ އެންމެންގެ މެދުގައި ގުރުއަތު ނަގައި، މުޅި ކުއިޒުން އެއް ވަނަ އަށް އަންނަ މީހަކަށް އުމުރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް