- Advertisement -spot_img

މިއަދު މަސްވެރިނަށް ދޫކުރާ 3.6 މިލިޔަން ރުފިޔާއެކު، މިމަހު މިހާތަނަށް މަސްވެރިންނަށް 111 މިލިޔަން ރުފިޔާ ދޫކޮށްފި

މިއަދު މަސްވެރިނަށް ދޫކުރާ 3.6 މިލިޔަން ރުފިޔާ ޖަމާކުރާނެކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ އިން ބުނެފިއެވެ.

މި އަދދާއިއެކު މި މަހު މިހާތަނށް މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ ޢަދަދު ވަނީ 111 މިލިޔަން ރުފިޔާއަށް އަރާފައެވެ.

މިއަދު މަސްވެރިންނަށް ދޫކުރާ ފައިސާ އަކީ މި ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު ކިރާފައިވާ މަހަށް ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއެވެ. މީގެ ތެރޭގައި 41 މަސްދޯނި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

މިއަދު ޖަމާކުރުމަށް ހަމަޖެހިފައިވާ ފައިސާގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އެކައުންޓްތަކަށް މިއަދުގެ 10:30 އާއި 12:30 ގައި ފައިސާ ޖަމާވާނެކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. އަދި އެހެނިހެން ބޭންކްތަކަށް މިއަދު ހަވީރު 4:30 ގެ ކުރިން ފައިސާ ޖަމާވާނެކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް