- Advertisement -spot_img

ދެމަފިރިންގެ ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކޮށް ފުރުސަތު ހުޅުވާލައިފި

ދެމަފިރިންގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ “ގޯތިގެދޮރު” ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ބޯހިޔާވަހިކަމުގެ އައު ޕްރޮގްރާމެއް އިއުލާނުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 11:00 އިން ފެށިގެން އަންނަ އޭޕްރީލު މަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.

މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1،250 އަކަފޫޓުގެ ގޯތިތަކެވެ. މިސްކީމްގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީތަކެވެ.

މިކަމާ ގުޅޭ އުސޫލާއި، ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލާއި ޕޮއިންޓްދިނުމުގައި ބަލާނެ ކަންކަމުގެ ތަފްސީލްތައް ގެޒެޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް