- Advertisement -spot_img

ނިއުރޯ ސާޖަރީތަކުގައި ބޭނުންކުރާ އައިއޯއެންއެމް އައިޖީއެމްއެޗްގައި ތައާރަފުކޮށްފި

ނިއުރޯ ސާޖަރީތަކުގައި ބޭނުންކުރާ އިންޓްރާ އޮޕަރޭޓިވް ނިއުރޯ މޮނިޓަރިން (އައިއޯއެންއެމް) އައިޖީއެމްއެޗްގައި ތަޢާރަފްކޮށްފި އެވެ.

މިއީ ސާޖަރީ ކުރަމުން އަންނަ ވަގުތު ބަލިމީހާގެ ނާރުތަކުގެ މަސައްކަތް ކުރާ ގޮތް ވަގުތުން ބެލޭ ވަސީލަތެކެވެ. އެ ބޭނުންކުރަން ފެށުމުން އޮޕަރޭޝަން ކުރަމުންދާ އިރު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެވި، އެފަދަ ނުރައްކާތަކުން ބަލިމީހާ ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެ އެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ނިއުރޯ ސާޖަރީ ޑރ. އަލީ ނިޔާފް ވިދާޅުވީ އައިއޯއެންއެމް އަކީ ބަލިމީހާގެ ރައްކަލަށްޓަކައި ކޮންމެހެން ހުރުން މުހިންމު ވަސީލަތެއް ކަމަށެވެ.

”ކޮމަން ސާޖަރީތަކުގެ ތެރޭގައި ކަނދުރާގެ ޑިސްކް ސާޖަރީ، މައިބަދައިގެ ޑިސްކް ސާޖަރީ ނޫނީ މައިބަދަޔަށް ގެއްލުން ލިބިގެން އަންނަ އޮޕަރޭޝަންތަކުގެ ތެރޭގައި އިސްކުރު ޖަހާއިރު އިސްކުރުގެ އިންޓަގްރިޓީ ނުވަތަ އިސްކުރު ޖެހެމުންދާ ތަނާ އެކީގައި އިތުރު ނާރަކަށް ފިތޭ ކަމަށް ވަންޏާވެސް އޭތި ފާހަގަ ކުރާނެ.“ އޭނަ ވިދާޅުވި އެވެ.

އައިއޯއެންއެމް ތައާރަފުކުރުމާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ބުނީ މިއީ ސާޖަރީތަކުގައި ނާރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކޮށް، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް