ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުޤައްޔޫމްގެ ބޭބޭފުޅު މަމްނޫން އަބްދުލްޤައްޔޫމް އަވަހާރަވެއްޖެއެވެ.
މަމްނޫން އަވަހާރަވީ ރޭގެ ވަގުތެއްގައެވެ.
ސިއްޙީ ބޮޑު މައްސަލައަކަށް މަމްނޫން ފަރުވާ ހޯއްދަވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.
މަމްނޫން އަވަހާރަވުމާ ގުޅިގެން ރައީސް މައުމޫނާއި ރައީސް ޔާމީން ވެސް ރޭ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފައެވެ. މަމްނޫނަކީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅެވެ. ރައީސް ޔާމީންގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.
މަމްނޫނުގެ ބެއްލެވުމުގެ ދަށުގައި އޭނާގެ ގެކޮޅުގައި އަތޮޅުތެރޭގެ ރަށްރަށުގެ ވަރަށް ގިނަ ކުދީން ކިޔަވާން ތިއްބެވިއެވެ. ކިޔަވަން ތިއްބެވި ކުދިން މިއަދު ދައުލަތުގެ މަތީ މަގާމްތައް ފުރުއްވައެވެ.



