އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހުޅުމާލެ ފޭސް އެކެއްގެ ރީތިގަސް މަގުން ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައި ހަދާފައިވާ މި ފިހާރަ ރޭ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
އެ ކުންފުނިން ވިއްކާ އަސާސީ 23 ބާވަތާއި ކާޑުގެ ބާވަތްތައް އެ ފިހާރައިން ލިބެންހުރެއެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ ހުޅުމާލޭގައި އެ ކުންފުނީގެ ރީޓެއިލް ފިހާރައެއް ހުޅުވަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެމަތިން ކަމަށެވެ.
އެ ފިހާރައިން ލިބޭ އެހެނިހެން ތަކެތީގެ ތެރޭގައި އެސްޓީއޯ އިން ވިއްކާ ހިޓާޗީ، ފިލިޕްސް އަދި އެލްޖީ ބްރޭންޑުގެ މުދާތައް ވެސް ހިމެނެއެވެ.
އެސްޓީއޯގެ ފިހާރަތައް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް އަގެއްގައި ވިއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝިމާދު ދެއްވިއެވެ.



