ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ދ. ބަނޑިދޫގައި އައިސް ޕްލާންޓެއްގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. ބަނޑިދޫ އައިސްޕްލާންޓުގެ ބިންގާ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަޅުއްވައިދެއްވައިފިއެވެ.

އައިސްޕްލާންޓް މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ.  

ދުވާލަކު 30 ޓަނު ޓިއުބް އައިސް އުފެއްދޭ މި ޕްލާންޓުގެ މަސައްކަތުގެ ތެރެއިން 50 ޓަނުގެ އައިސް ރައްކާ ކުރެވޭ ސްޓޯރޭޖެއް ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

30 މެޓްރިކް ޓަނުގެ ޖާގައިގެ މި އާ އައިސްޕްލާންޓުން، 21 ކަނޑުމަހުގެ މަސްވެރިކަން ކުރާ ދޯނި ހިމެނޭ މުހިންމު މަސްވެރި ރަށެއް ކަމުގައިވާ ބަނޑިދޫއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ. އަދި މިހާރު އައިސްޕްލާންޓެއް ނެތުމުގެ ސަބަބުން، މަސްވެރިން އައިސް ހޯދުމަށް ދުރަށް ދަތުރުކޮށް، ގިނަ ތެޔޮ ހޭދަކުރަން ޖެހުމަށްވެސް ބޮޑު ލުޔެއް އަންނާނެއެވެ.

މަސްވެރިކަމަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި އިޤްތިޞާދުގެ މައިގަނޑު ތަނބެއްކަން ފާހަގަކުރަމުން، ރައީސް އަބަދުވެސް މަސްވެރިންނަށް އެހީތެރިވުމަށް އަޒުމް ކަނޑައަޅުއްވާފައިވެއެވެ. މި މަޝްރޫޢަކީ މަސްވެރިންގެ ދަތިތައް ހައްލުކުރުމަށާއި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ޑރ. މުޢިއްޒުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް