އެސްޓޯނިއާގެ މިނިވަން ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެޤައުމުގެ ރައީސް އަލަރ ކަރިސްއަށާއި، ބޮޑުވަޒީރު ކްރިސްޓެން މިޗަލްއަށާއި، އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަކިވަކި ފޮނުއްވި ސިޓީފުޅުތަކުގައި، ޖެނުއަރީ މަހު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އަލިއަޅުވާލައްވަމުން، މިއަހަރަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ރަޙްމަތްތެރިކަމުގައި ތާރީޚީ މުހިންމު އަހަރެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުންނާއި ވިޔަފާރީގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ގަސްތުކުރާކަން އަލުން ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި އެސްޓޯނިއާގެ ރައީސްއަށާއި ބޮޑުވަޒީރުގެ ދުޅަހެޔޮކަމާއި ދުޅަހެޔޮ ސިއްޙަތަށް އެދިވަޑައިގަތުމާއެކު، އެސްޓޯނިއާގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
އެސްޓޯނިއާއިން މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ.