ގުޔާނާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް މުޙައްމަދު އިރްފާން ޢަލީއަށާއި، ބޮޑުވަޒީރު މާކް ފިލިޕްސްއަށާއި، ގުޔާނާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި އެ ބޭފުޅުންގެ ދުޅަހެޔޮ ސިއްޙަތަށާއި އުފާވެރިކަމަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ. އަދި ގުޔާނާގެ ރައްޔިތުންގެ ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ގުޔާނާގެ ޖުމްހޫރީ ދުވަހަކީ އެ ޤައުމު 1970 ވަނަ އަހަރު ޖުމްހޫރިއްޔާއަކަށް ވުމުގެ މުނާސަބަތުގައި ފާހަގަކުރާ ދުވަހެވެ.